ކައިވެނި

ކައިވެނި

Assessment

Quiz

Other, Religious Studies, Social Studies

University

Hard

Created by

Mohamed Allam

Used 2+ times

FREE Resource

Student preview

quiz-placeholder

8 questions

Show all answers

1.

MULTIPLE CHOICE QUESTION

1 min • 1 pt

އިސްލާމްދީނުގައި ކައިވެނިކުރުމަށް ދެއްވާފައިވާ އަހައްމިއްޔަތު އެނގިގެން ދަނީ ކޮން ކަމަކުން؟
ކައިވެނި ކުރުމަކީ އިންސާނުންގެ އާންމު ދިރިއުޅުމުގެ ސުންނަތުގެ ތެރެއިން ހިމެނޭކަމެއް ކަމުގައިވުން
ކައިވެނި ކުރުމަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިން ހިމެނޭކަމެއް ކަމުގައިވުން
ކައިވެނިން ދަރިން ލިބޭތީ
ދަރިންގެ ހަރަދު ފިރިމީހާ ދޭން ޖެހޭތީ

2.

MULTIPLE CHOICE QUESTION

1 min • 1 pt

މާތްﷲ ވަޙީކުރައްވާފައިވެއެވެ. " "އަދި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ތެރެއިން ފިރީން ނެތް އަންހެނުންގެ ކައިވެނި ކޮށްދޭހުށިކަމެވެ! އަދި ޞާލިޙު އަޅުފިރިހެނުންނާއި އަޅުއަންހެނުންގެ ކައިވެނި ކޮށްދޭ ހުށިކަމެވެ! އެމީހުންނީ ފަޤީރުންނަމަ މާތްﷲ އެކަލާނގެ ފަޟުލުވަންތަވެރިކަމުން އެބައިމީހުން ފުދޭބަޔަކަށް ހައްދަވާނެތެވެ."" މިއާޔަތުން އެނގިގެންދާ އެއްކަމަކީ:
ކައިވެނި ކުރުމަކީ ތަނަވަސްކަންލިބުމުގެ މަގެއްކަން
ކައިވެނި ނުކޮށް ހުރުމަކީ ޙަރާމް ކަމެއްކަން
އަޅު ފިރިހެނުންނަކީ ޞާލިޙް ބައެއްކަން
މާތްﷲ ގެ ކުޅަދުންވަންތަކަން

3.

MULTIPLE CHOICE QUESTION

1 min • 1 pt

النِّكاحُ ގެ ލަފުޡީ މާނައަކީ:
ކައިވެނި ކުރުން
ވަކިކުރުން
ގުޅުވާލުމާއި އެއްކޮށްލުން
ބިންދާލުން

4.

MULTIPLE CHOICE QUESTION

1 min • 1 pt

ކައިވެނީގެ އިޞްޠިލާޙީ މާނައަކީ _______ގެ ގޮތުންނާއި އެއްކިރު ބުއިމުގެ ގޮތުން އަދި ކައިވެނީގެ ސަބަބުން އެ ފިރިހެނަކާއި ކައިވެނި حرام ނުވާ އަންހެނާގެ ކިބައިން (ޖިންސީ) ފައިދާ ނެގުމާއި ވަޠުއު ކުރުމާއި އޭނާއާ އެކު މުބާޝިރާއާއި (އެބަހީ ގައިގޯޅިވެ އުޅުމާއި އެކުގައި ނިދުމާއި) ތަޤުބީލް (އެބަހީ ދޮންދިނުން) ފަދަކަންކަން ހުއްދަވުމުގެ ޢަޤްދަށްކިޔާ ނަމެކެވެ."
ނަސަބުގެ
ރަޙުމަތްތެރިކަމުގެ
ގާތްތިމާގެ
އަޅުކަމުގެ

5.

MULTIPLE CHOICE QUESTION

1 min • 1 pt

އޭނާ ކައިވެނި ކުރުމަށްފަހު، އަނބިމީހާއަށް އުނދަގޫކޮށް އަނިޔާކުރެވޭނެ ކަމަށް ޔަޤީންވާ މީހާއަށް ކައިވެނި ކުރުމަކީ ______ ކަމެކެވެ.
އެދެވިގެންވާ
ޙަރާމް
ޙުއްދަ
މަކުރޫހަ

6.

MULTIPLE CHOICE QUESTION

1 min • 1 pt

ކައިވެނީގެ ރުކުންތަކުގެ ތެރޭގައި ނުހިމެނޭ އެއްޗަކީ؟<br />
އަނބިމީހާ
ފިރިމީހާ
ބައްޕަ
ވަލީވެރިޔާ

7.

MULTIPLE CHOICE QUESTION

1 min • 1 pt

ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަދެފައި ހުރެއްޖެނަމަ ކައިވެނި ކުރުން ޙަރާމްވަނީ:
ފިރިމީހާއަށް
އަނބިމީހާއަށް
ފިރިމީހާއަށާއި އަނބިމީހާއަށް
ހުރިހާ ޖަވާބެއް ނުބައި

8.

MULTIPLE CHOICE QUESTION

1 min • 1 pt

އެއްވެސް މީހެއްގެ ހުއްދައަކާނުލައި، މީހެއްގެ މައްޗަށް ސީދާކޮށް ތަޞައްރުފު ކުރުމުގެ ކުޅަދާނަކަން ލިބިފައިވުމަށް ކިޔަނީ:
الولاية
المحبة
النُّصرة
السُّلطة